- cswb egcsIawr
- cliawforcp egcnurwbcmem
- Eheb Wa Is.Is.Ea

- urwbwK

- cawtctWkwrwH

- IjeTercTcs

- cawtcTOpir egcnwximok
- utWmUluAwm EhebWnwxopwrok
- cawtcnugcnea
- ubWsih csWfwt
- cnWluAia
- cnWywbcsUn
- cSwmuLehwSuh wlwscawm
- utwBuruf egWfIzwv
- Irwleg OTof
- cawtulWvusEveruk cSokumcnWA
[16-06-2010]
އެހޮސްޕިޓަލުގެ ނަންބަރު: 11/0102/HMGI-RP (82 މާޗް 0102) އިޢުލާނާއި، ނަންބަރު 50/9002/321/E-731 (71 ޑިސެމްބަރ 9002) ގުޅިގެން އަމަލުކުރަމުންދާގޮތް މިކޮމިޝަނުން ބެލިބެލުމުގައި އެކަން ކުރިއަށްދަނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ ޚިލާފަށްކަމަށްވާތީ، އެއިޢުލާން ބާޠިލްކުރުމަށްފަހު، ދަޢުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 52.8 ގައިވާ ގޮތުގެ މަތިން އަމަލުކުރެއްވުމަށް 81 އޭޕްރިލް 0102 ގައި އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލަށް ވާނީ އެންގިފައެވެ.
[16-06-2010] ހުޅުމާލޭ ކޯޓަށް މެޖިސްޓްރޭޓަކު ހަމަޖެއްސުމުގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް އަމަލުކޮށްފައިވާކަމަށް ބުނެ މިކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލަ މިކޮމިޝަނުން ބެލިބެލުމުގައި، ޖުޑިޝަލް ސަރވިސް ކޮމިޝަނުން ޢަމަލުކޮށްފައިވާ ގޮތަށް ބަލާއިރު މިމައްސަލައިގައި ކޮރަޕްޝަންގެ ޢަމަލެއް ހިނގާފައިވާކަމަށް ނުބެލެވެއެވެ.
[16-06-2010] ރ.އިންނަމާދޫ ބިމުން ވަރަށް ބޮޑުބައެއް އެތައް މަހެއް ކުރިން އެކިފަރާތްތަކަށް ރަށުއޮފީހުން ކުއްޔަށް ދޫކޮށްފައިވާއިރު އެފަރާތްތަކުގެ ތެރެއިން އެންމެ ފަރާތަކުން ފިޔަވައި އެހެން އެއްވެސް ފަރާތަކުން ބިމުކުލި ނުދައްކާކަމަށާއި، އެގޮތަށް ބިމުކުލި ނުނަގާ އޮންނަ އެންމެ ބޮޑު ސަބަބަކީ އެފަރާތްތަކާއި އިންނަމާދޫ ކަތީބު އޮންނަ ގުޅުންކަމަށް ބުނެ މިކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލަ މިކޮމިޝަނުން ބެލިބެލުމުގައި، ކޮރަޕްޝަންގެ ޢަމަލެއް ހިނގާފައިވާކަމަށް ނުބެލެވެއެވެ.
[16-06-2010] ރ.މާކުރަތު ރައްޔިތުންގެ ހަތްދިހަ އެތައްހާސް ރުފިޔާއެއް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާކަމަށާއި، ގަވާއިދާ ހިލާފަށް ގޯތި ދޫކޮށްފައިވާކަމަށާއި، ރަށުގެ ތަރައްޤީއަށް ބިން ކުއްޔަށް ދިނުމުގެ ނަމުގައި ގަވާއިދާ ޚިލާފަށް ރައްޔިތުންގެ ބަޖެޓުން ޚަރަދުކޮށް ވަކި ހިސާބަކަށް ޢިމާރާތްކޮށްފައި ފައިސާ ހުސްވުމުން މަސައްކަތް ހުއްޓާލާފައިވާކަމަށް ބުނެ މިކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލަ މިކޮމިޝަނުން ބެލިބެލުމުގައި، މައްސަލަ ހުށަހެޅި ޝަކުވާގައި ހިމެނޭ ބަޔެއްކަންތައްތަކަކީ ކުރީގެ އެންޓި ކޮރަޕްޝަން ބޮޑުން ބައްލަވާފައިވާ މައްސަލަ ތަކެއްކަން ފާހަގަކުރެވިފައިވެއެވެ. އަދި ހުށަހެޅާފައިވާ ޝަކުވާގައިވާ ކަންތައްތައް މިކޮމިޝަންގެ ފަރާތުން ބެލިބެލުމުގައި، ކޮރަޕްޝަންގެ ޢަމަލެއް ހިނގާފައިވާކަމަށް ނުބެލެވެއެވެ.
[16-06-2010] ކޯޓެއްގެ ސީނިއަރ މެޖިސްޓްރޭޓްރޭޓަކު ކޯޓަށް ނުނިކުންނަތާ މިހާރު ގާތްގަނޑަކަށް 4 އަހަރު ވެފައިވާ ނަމަވެސް މިދުވަސްތަކަށް މުސާރަ ނަގަމުންގެންދާކަމަށް ބުނެ މިކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލަ މިކޮމިޝަނުން ބެލިބެލުމުގައި، ސީނިއަރ މެޖިސްޓްރޭޓް ކުރީގެ މިނިސްޓްރީ އޮފް ޖަސްޓިސްއިން ހަމަޖައްސާފައިވާ އުޞޫލްގެ މަތިން އެހެންކޯޓެއްގައި ވަޒީފާ އަދާކުރަމުންގެންދާކަން ފާހަގަކުރެވިފައިވެއެވެ. އަދި އެމައްސަލަ މިކޮމިޝަނުން ބެލިބެލުމުގައި، ކޮރަޕްޝަންގެ ޢަމަލެއް ހިނގާފައިވާކަމަށް ނުބެލެވެއެވެ.
[16-06-2010]
މި މައްސަލަ މިކޮމިޝަނުން ބެލިބެލުމުގައި، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ ހިލާފަށް 8002 އަދި 9002ވަނަ އަހަރުގައި އެސުކޫލުން އެސްޓިމޭޓް އެޞޫލުން އެއްވެސް މަސަކަތެއް ކޮށްފައިވާކަން ފާހަގަކުރެވިފައެއްނުވެއެވެ. ތަނުގެ މުވައްޒަފުން ލައްވާ ވެރިންގެ އަމިއްލަ މަސައްކަތްކުރާކަމަށް ބުނާ މައްސަލަ ސާބިތުވާވަރަށް ހެކި ލިބިފައެއްނުވެއެވެ. ފައިސާ ބެލެހެއްޓުމުގެ ގަވާއިދާ ޚިލާފަށް އެ ސްކޫލްގެ ވެރިޔާ ބަޖެޓްގެ އެއް ކޯޑުން އަނެއްކޯޑަށް ފައިސާ ބަދަލުކޮށް ހަދާފައިވާކަމަށް ބުނާ މައްސަލައާ ގުޅިގެން ބެލިބެލުމުގައި އެސްކޫލަކީ ބަޖެޓް ވަކިކުރިތަނަކަށް ނުވާތީ ގެންނަ ބަދަލާ ގުޅިގެން އުނިކުރާ އައިޓަމަކުން އެއަދަދެއް އުނިކުރިނަމަވެސް އެކައުންޓް ޑެބިޓްނުވާނަމަ މައްސަލައެއްކަމަށް ނުބެލެވޭތީއާއި އެގޮތަށް އެކަން ކުރުމުގައި މަގާމުގެ ނުފޫޒް ބޭނުންކޮށްގެން ނާޖާއިޒުފާއިދާއެއް ހޯދާފައިވާކަމެއް އަދި އެހެންފަރާތަކަށް ހޯދައިދީފައިވާކަމަށް ނުބެލޭވެއެވެ. ސްކޫލުގެ މުސާރަ ދަތުރެއްގައި 00.000،02 ރުފިޔާ މަދުވާކަމަށް ބުނާ މައްސަލަ ބެލިއިރު އެކަން ލިޔެކިޔުމުން އަދި ސުވާލުކުރެވުނު ފަރާތްތަކުގެ ބަހުންވެސް އެނގޭކަށް ނެތެވެ.
[16-06-2010]
ށ.ބިލެތްފަހީގެ ބަނަދަރުގައި ހަދާފައިވާ ނެރު ޙިމާޔަތް ކުރުމަށްޓަކައި ޖަހާފައިވާ ތޮށިގަނޑު ޖެހުމުގެ ނަމުގައި ބިލެތްފަހީ އެކައުންޓުން 00.000،43 ރުފިޔާ ގަވާއިދާ ޚިލާފަށް ދޮގުމަޢުލޫމާތުތަކެއް ދީގެން ނަގަން އުޅޭކަމަށް ބުނެ މިކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން ށ.ބިލެތްފަހީގެ ބަނަދަރުގައި ހަދާފައިވާ ނެރު ޙިމާޔަތް ކުރުމަށްޓަކައި ޖަހާފައިވާ ތޮށިގަނޑު ޖެހުމުގެ މަސައްކަތަށް ރައްޔިތުންގެ އެކައުންޓުން ޚަރަދުކުރާއިރު ކޮންމެހެން ކުރަން ޖެހޭ ޚަރަދެއް ނޫނީ ކުރުމަށް ހުއްދަ ނުދިނުމަށް ސަމާލުކަންދިނުމަށާއި، އެމަސައްކަތުގެ ޚަރަދުތައް ހިނގާގޮތެއް ރަނގަޅަށް ބަލަހައްޓަމުން ގެންދިއުމަށާއި، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށް އެމަސައްކަތް ކުރިއަށް ގެންދިއުމަށް 41 އޭޕްރިލް 0102 ގައި މަތިއުތުރު ޕްރޮވިންސް އޮފީހަށް ވަނީ އެންގިފައެވެ.
[08-06-2010]
"ހދ.ކުޅުދުއްފުށީ ރކ.ކޮމިޓީ އެކައުންޓުން ލައްކައަކަށްވުރެ ގިނަ ރުފިޔާ މަދުވެފައިވާކަމަށް ބުނެ ކައުންސިލަރުގެ ގޭ ދޮށަށް ބަޔަކު އެއްވެއްޖެ" މިސުރުޚީގެ ދަށުގައި ހަވީރު އޮންލައިންގައި ލިޔެފައިވާ ލިޔުމާގުޅިގެން އެކަންތައް ހިނގާފައިވާގޮތެއް މިކޮމިޝަނުގެ ފަރާތުން ބެލިބެލުމުގައި، ކުޅުދުއްފުށީ ރައްޔިތުންގެ މާލިއްޔަތުގައި ހުރި ފައިސާ 21 ޖޫން 7002ގައި އެމް.އެމް.އޭ އިން ބީ.އެމް.އެލްގެ ކުޅުދުއްފުށީ ބްރާންޗަށް ބަދަލުކޮށްފައިވާކަން ފާހަގަކުރެވިފައިވެއެވެ. އަދި މި އެކައުންޓުން ހަރަދުކޯށްފައިވަނީ ރ.ކ. ކޮމެޓީއަށް ހުށަހަޅާއިގެން އެކޮމެޓީގެ ޖަލްސާއަކުން ނިންމާ ގޮތެއްގެ މަތިންނެވެ. 8002 ވަނަ އަހަރުން ފެށިގެން 9002ވަނަ އަހަރުގެ ނިޔަލަށް ކުޅުދުއްފުށީ ރައްޔިތުންގެ މާލިއްޔާގެ އެކައުންޓުގެ ހިސާބުތައް ޗެކްކުރިކުރުމުގައި ގަވާއިދާ ހިލާފަށް އެއެކައުންޓުން ފައިސާ ނަގާފައިވާކަމެއް އެނގޭކަށްނެތެވެ. އަދި މި ދެއަހަރުތެރޭގައި އެއްވެސް ފަހަރަކު އެކައުންޓުގެ ބާކީ 1.1 މިލިއަން ރުފިޔާއަށް އަރާފައެއްވެސް ނުވެއެވެ.
[08-06-2010]
ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ކުރަމުންދާ އިމަޖެންސީ މަސައްކަތްތަކުގައި ބޭނުންކުރުމަށްޓަކައި 2 ވެހިކަލެއް ހޯދުމަށް އިޢުލާންނުކޮށް ސީރިއަސް އެންޓަރޕްރައިސަސް އާ ޙަވާލުކުރަން އުޅޭ ކަމަށް ބުނެ މިކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލަ މިކޮމިޝަނުން ބެލިބެލުމުގައި އެސެންޓަރުން ކުރެވެމުންދާ މަސައްކަތްތަކުގައި ބޭނުންކުރުމަށްޓަކައި 2 ވެހިކަލް ހޯދުމަށް ސިރިއަސް އެންޓަޕްރައިޒަސް އާ ޙަވާލުކޮށްފައިވަނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 51.8 އާ ޚިލާފަށްކަން ފާހަގަކުރެވިފައިވާތީ، އެ 2 ވެހިކަލް ހޯދުމުގެ މަސައްކަތް ހުއްޓާލުމަށްފަހު، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށް އިޢުލާން ކޮށްގެން ކުރިއަށްގެންދިއުމަށް 60 އޭޕްރިލް 0102 ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރަށް ވަނީ އެންގިފައެވެ.
[08-06-2010]
ހއ.އަތޮޅުގެ އެކިރަށްރަށުގެ ރަށުއޮފީސްތަކުގެ ސެކިއުރިޓީ އެއްއަހަރުދުވަހަށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް އެއަތޮޅުގެ ކޮންމެރަށެއްގެ ރަށުއޮފީހުން، މިދިޔަ 9002 ވަނަ އަހަރުގެ ޑިސެމްބަރުމަހު އިޢުލާންކުރުމަށް މަތިއުތުރު ޕްރޮވިންސް އޮފީހުން އަންގައިގެން ހއ.ވަށަފަރު އޮފީހުންވެސް 3 ފަހަރުމަތިން އިޢުލާން ކުރިކަމަށާއި، އިޢުލާންކުރާ ކޮންމެފަހަރުވެސް އެކިފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބުތައް ހއ.އަތޮޅުއޮފީހަށް ފޮނުވީމާ ކޮންމެފަހަރަކުވެސް އަންގަނީ އަލުން އިޢުލާން ކުރުމަށްކަމަށާއި، ހއ.އަތޮޅުއޮފީހުން މިގޮތަށް އިޢުލާންބާޠިލްކުރުމަށް އަންގަމުން ގެންދިޔައީ ވަކިފަރާތަކަށް ދޭން ބޭނުންވާތީ ކަމަށް ބެލެވޭކަމަށް ބުނެ މިކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލަ މިކޮމިޝަނުން ބެލިބެލުމުގައި، ކޮރަޕްޝަންގެ ޢަމަލެއް ހިނގާފައިވާކަމަށް ނުބެލެވެއެވެ. ނަމަވެސް އެއްމަސައްކަތަކާ ގުޅިގެން ކުރާ އިޢުލާންތައް އެކިފަހަރުމަތިން ބާޠިލްކުރުމަކީ ޢާއްމުންގެ މެދުގައި އެކަމާމެދު ޝަކުވާ އުފެދޭނެ ކަމެއްކަމަށް މިކޮމިޝަނަށް ފެންނާތީ، ކުރިއަށް އޮތްތާގައި ކުރާ މިފަދަ ކަންތައްތައް ކުރުމުގައި އެކަމަށް ސަމާލުކަންދީ ހަރުދަނާ އުޞޫލެއްގެމަތިން ކުރިއަށް ގެންދިއުމަށް 70 އޭޕްރިލް 0102 ގައިހއ.އަތޮޅު އޮފީހަށް ވަނީ އެންގިފައެވެ.
[08-06-2010] ހދ.ނައިވާދޫ ރައްޔިތުން ކުނިކަހާ ޞަރަޙައްދުގެ ގޮތުގައި ހިމެނޭ ޞަރަޙައްދު ކުނިކަހައިދޭނެ ފަރާތެއް ހޯދުމަށް ހދ.ނައިވާދޫ އޮފީހުން ކޮށްފައިވާ ނަންބަރު: B5/2010/11 (08 ފެބްރުއަރީ 2010) އިޢުލާން ބާޠިލްކޮށްފައިވާތީ އެކަމާ ބެހޭގޮތުން މިކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލަ މިކޮމިޝަނުން ބެލިބެލުމުގައި ހދ. ނައިވާދޫ އޮފީހުގެ ނަންބަރު: B-5/2010/11 (08 މާޗް 2010) އިޢުލާނާ ގުޅިގެން އެސްޓިމޭޓް ހުށަހެޅި ފަރާތްތަކަށް ދެއްވި މަޢުލޫމާތު ޝީޓުގައި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 8.16ގައިވާ ގޮތުގެ މަތިން ޕޮއިންޓް ދޭނެ އުސޫލެއް ބަޔާންކޮށްފައިނުވާކަމަށާއި، އިޢުލާނާ ގުޅިގެން އަންދާސީހިސާބު ބަލައިގަތުމުގައި ދައުލަތުގެ މާލިއްޔަތުގެ (ހ)ގައިވާ ގޮތަށް ހުރިހާ އަންދާސީ ހިސާބުތައް އެއްގަޑިއެއްގައި ބައްލަވައިގަނެފައި ނުވާކަން ފާހަގަކުރެވިފައިވާތީ، އެމަސައްކަތަށް މީހުން ހޮވުމުގައި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށް ކޮރަޕްޝަނަށް މަގުފަހިނުވާނެގޮތަށް ކުރިއަށް ގެންދެވުމަށް 18 އޭޕްރިލް 2010 ގައި ހދ.ނައިވާދޫ އޮފީހަށް ވަނީ އެންގިފައެވެ.
[08-06-2010]
[08-06-2010] 2004 ވަނަ އަހަރު ދިވެހިރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިޘާގެ ސަބަބުން، ކުރިމަގުގައި މިފަދަ ކާރިޘާއަކުން ސަލާމަތްވުމަށް، ސުނާމީ އިންޒާރުދޭ ނިޒާމެއް ދިވެހިރާއްޖޭގައި ޤާއިމް ކުރުމަށްޓަކައި ބައިނަލްއަޤްވާމީ ފަރާތަކުން (ފްރާންސް ގެ އޭ.އެފް.ޑީ) އިން ރާއްޖެއަށް ލޯނުގެ ގޮތުގައި ދީފައިވާއިރު އެމަސައްކަތް ގަވާއިދާ ހިލަފަށް ވަކިބަޔަކަށް ހަވާލުކުރަން އުޅޭކަމަށް ބުނެ މިކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލަ މިކޮމިޝަނުން ބެލިބެލުމުގައި، ސުނާމީ އިންޒާރުދޭ ނިޒާމެއް ދިވެހިރާއްޖޭގައި ޤާއިމް ކުރުމުގެ މަސައްކަތަށް ހުށަހެޅުނު ބީލަންތައް ކެންސަލްކުރުމަށް އޭ އެފް ޑީން ލަފާދެއްވުމާ ގުޅިގެން ބީލަންތައް ކެންސަލްކުރުމަށް މިހާރު ސަރުކާރުން ވަނީ ނިންމަވާފައެވެ. އަދި އެމައްސަލަ މިކޮމިޝަނުން ބެލިބެލުމުގައި ކޮރަޕްޝަންގެ ޢަމަލެއް ހިނގާފައިވާކަމަށް ނުބެލެވެއެވެ.
[08-06-2010]
އއ.ފެރިދޫ ރައްޔިތުންގެ ފައިސާ ރައްކާކުރަމުން އަންނަނީ ފެރިދޫ އޮފީހުގެ ތިޖޫރީގައިކަމަށްވެފައި، ތިޖޫރީގައި ހުރި ގިނަ ޢަދަދެއްގެ ފައިސާ ތިޖޫރީބާކީއާ ދިމާނުވާކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލަ މިކޮމިޝަނުން ބެލިބެލުމުގައި އއ.ފެރިދޫ ރައްޔިތުންގެ އިންޖީނުގޭގެ ފައިސާގެ ތެރެއިން އެއްވެސް ފައިސާއެއް މަދުވާކަމެއް ފާހަގަކުރެވިފައެއްނުވެއެވެ. އަދި އެމައްސަލަ މިކޮމިޝަނުން ބެލިބެލުމުގައި ކޮރަޕްޝަންގެ ޢަމަލެއް ހިނގާފައިވާކަމަށް ނުބެލެވެއެވެ.
[20-05-2010]
ގއ.އަތޮޅު މަދަރުސާގެ ބޭރު ޓީޗަރަކު ބެހެއްޓުމަށް ގެއެއް ކުއްޔަށް ހިފަން ބޭނުންވެގެން ގއ.އަތޮޅު މަދަރުސާއިން އިޢުލާންކޮށްފައިވަނީ ގަވާއިދާ ޙިލާފަށް ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލަ މިކޮމިޝަނުން ބެލިބެލުމުގައި، ގއ.އަތޮޅު މަދަރުސާގައި ކިޔަވައިދޭ ޔޫ.ކޭ ގެ ޓީޗަރަކު ބެހެއްޓުމަށް ކޮށްފައިވާ ގއ.އަތޮޅު މަދަރުސާގެ ނަންބަރު: 10/0102/92-GS (71 ޖެނުއަރީ 0102) އިޢުލާނާ ގުޅިގެން، މަޢޫލޫމާތު ސާފުކުރުމަށް ޙާޟިރުވި ފަރާތްތަކަށް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 8.16 އާ އެއްގޮތްވާ ގޮތުގެމަތީން ޕޮއިންޓްދޭނެ އުޞޫލު ބުނެދީފައިނުވާތީ، ގއ.އަތޮޅު މަދަރުސާގައި ކިޔަވައިދޭ ޔޫ.ކޭ ގެ ޓީޗަރަކު ބެހެއްޓުމަށް ކޮށްފައިވާ ގއ.އަތޮޅު މަދަރުސާގެ ނަންބަރު: 10/0102/92-GS (71 ޖެނުއަރީ 0102) އިޢުލާނު ބާޠިލްކޮށް، ގެއެއް ކުއްޔަށް ހިފުމުގެ ކަންތައް އަލުން އިޢުލާންކޮށް، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށް ކުރިއަށް ގެންދިއުމަށް 03 މާޗް 0102 ގައި ގއ.އަތޮޅު މަދަރުސާއަށް ވަނީ އެންގިފައެވެ.
[20-05-2010] ސ.މަރަދޫގައި އޮތް ހުސްބިމަކުން އެރަށު ރައްޔިތަކަށް ދީފައިވާ ގޯތީގައި އޭނާގެ ކިބައިން ވަކިކޮށް ބަދަލުގައި ގޯއްޗެއް ދީފައިވާކަމަށާއި، ނަމަވެސް މަޤާމާއި ނުފޫޒު ބޭނުންކޮށްގެން ފަހުން ދިން ގޯތިވެސް އެހެންމީހަކަށް ދޭންއުޅޭ ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލަ މިކޮމިޝަނުން ބެލިބެލުމުގައި، ކޮރަޕްޝަންގެ ޢަމަލެއް ހިނގާފައިވާކަމަށް ނުބެލެވެއެވެ.
[20-05-2010]
ފ.އަތޮޅު ރައްޔިތުންގެ މާލިއްޔަތާއި، ވަކިވަކި ރައްރަށުގެ މާލިއްޔަތުގައި ހުރި ފައިސާގެ ތެރެއިން މަނިޓަރީ އޮތޯރިޓީގެ އެކައުންޓްތަކުގައި ހުރި ޖުމްލަ 27.597,993,3 ރުފިޔާ އެ އެކައުންޓްތަކުގައި ނެތްކަމަށް ބުނާ މައްސަލަ މިކޮމިޝަނުން ބެލިބެލުމުގައި، އެފައިސާ ފިނޭންސް މިނިސްޓްރީގެ އެންގުމަކާ ގުޅިގެން ފިނޭންސް މިނިސްޓްރީގެ އެކައުންޓަކަށް މޯލްޑިވެސް މަނިޓަރީ އޮތޯރިޓީގެ ފަރާތުން ޖަމާކޮށްދީފައިވާ ކަމަށާއި، މިކަމުގައި ކޮރަޕްޝަންގެ ޢަމަލެއް ހިނގާފައިވާކަމަށް ނުބެލެވެއެވެ.
[20-05-2010]
ބ.އަތޮޅުއޮފީހުން އެއަތޮޅު ކެންދޫއޮފީހާއި ވަގުތީގޮތުން ޙަވާލުކުރި ދެ ފަޅުރަށް ކަމުގައިވާ މެންދޫއާއި އުނޑޫދޫ އެއްވެސް އިޢުލާންކުރުމެއްނެތި ޙަވާލުކޮށްފައިވާކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލަ މިކޮމިޝަނުން ބެލިބެލުމުގައި، ދިވެހިރާއްޖޭހެ ފަޅުރައްރަށާބެހޭ ގަވާއިދުގެ 12 ވަނަ މާއްދާގައި އަތޮޅުއޮފީހެއްގެ ޙަވާލުގައިވާ ފަޅު ރަށެއް ބެލެހެއްޓުން، އެ ރަށެއްގެ ވަރުވާއާ އެއްވަރު ޢަދަދެއްގެ ފައިސާ ދެއްކުން ޝަރުޠުކޮށް، އެ އަތޮޅު އޮފީހަކަށް ފެންނަ ފަރާތަކާ ޙަވާލު ކުރިވިދާނެ ކަމަށް ބަޔާންކޮށްފައިވާއިރު، ބ.މެންދޫއާއި، ބ.އުޑޫދޫ ބެލެހެއްޓުމަށް ޙަވާލުކޮށްފައިވާ ދެފަރާތާއި، ބ.އަތޮޅު އޮފީހާ ދެމެދު ވެފައިވާ އެއްބަސްވުމުގައި ވަރުވާއަށް ދައްކަންޖެހޭ ފައިސާ ހިމަނާފައިނުވާތީ، އެކަންތައް އިޞްލާޚުކުރުމަށް 52 އޭޕްރިލް 0102 ގައި ބ.އަތޮޅު އޮފީހަށް ވަނީ އެންގިފައެވެ.
[20-05-2010]
ދިވެހިސަރުކާރުގެ %001 ޙިއްޞާ އޮތް ވިޔަފާރި ކުންފުންޏެއްކަމަށްވާ މޯލްޑިވްސް ނޭޝަނަލް ޝިޕިންގ ލިމިޓެޑްގެ މިލްކިއްޔާތުގައިވާ "މޯލްޑިވް ކެރިއަރ" ކިޔާ އާގު ބޯޓު 2.1 މިލިއަން ޑޮލަރަށް ވިއްކާލުމަށް 12 ފެބްރުއަރީ 0102ގައި ކޮށްފައިވާ އިޢުލާނަކީ ސަރުކާރުގެ ކުންފުނިތަކުގެ މިބާވަތުގެ އަގުހުރި ހަރުމުދާ ވިއްކުމުގައި ޢަމަލުކުރަންޖެހޭ ޢާންމު އުޞޫލުތަކާ ޚިލާފަށް އަދި ކޮރަޕްޝަނާ ޙިޔާނާތަށް މަގުފަހިވާގޮތަށް ކޮށްފައިވާ އިޢުލާނެއްކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލަ މިކޮމިޝަނުން ބެލިބެލުމުގައި، "މޯލްޑިވް ކެރިއަރ" ވިއްކާލުމުގެ ކަންތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އެކަމަށް ކޮށަފައިވާ އިއުލާން ބާތިލްކުރުމަށްފަހު އަލުން އިޢުލާންކޮށްގެންކަމަށް އެމް.އެން.އެސް.އެލް އިން މައުލޫމާތުދީފައިވާތީ، އެމް.ވީ.މޯލްޑިވް ކެރިއަރ ވިއްކާލުމަށް އަލުން އިޢުލާން ކޮށްގެން ކުރިއަށްގެންދާއިރު، ބިޑް ހުށަހެޅުމަށް އެކަށީގެންވާ ފުރުޞަތު ދިނުމަށާއި، މަޢުލޫމާތު ސާފުކުރުމަށް ޙާޟިރުވާ ފަރާތްތަކަށް ފުރިހަމަ މަޢުލޫމާތު ވީހާވެސް ތަފްޟީލްކޮށް ދިނުމަށާއި، ބިޑް ހުށަހަޅާއިރު ކޮންޑިޝަނެއް ހުށަހެޅޭނަމަ، އެކަންވެސް މަޢުލޫމާތު ސާފުކުރުމަށް ޙާޟިރުވާ ފަރާތްތަކަށް ދިނުމާއެކު، ކޮރަޕްޝަނަށް މަގުފަހިނުވާނެ ގޮތަކަށް އެމް.ވީ.މޯލްޑިވް ކެރިއަރ ވިއްކާލުމުގެ ކަންތައް ކުރިއަށް ގެންދިއުމަށް 12 މާޗް 0102 ގައި މޯލްޑިވްސް ނެޝަނަލް ޝިޕިންގ ލިމިޓެޑަށް ވާނީ އެންގިފައެއްވެ.
[28/4/2010] މިނިސްޓްރީ އޮފް ހައުސިންގ، ޓްރާންސްޕޯޓް އެންޑް އެންވަޔަރަމަންޓް އިން ކުރަމުންދާ ޢިމާރާތްތަކުގެ ސްޓްރަކްޗަރ ޗެކްކުރުމުގެ މަސައްކަތަށް ބޭނުންވާ ފަރާތެއް ހޯދުމަށް ކޮށްފައިވާ އިޢުލާނާ ގުޅިގެން މަޢުލޫމާތު ޝީޓު ތައްޔާރުކޮށްފައި ނުވާކަމަށްބުނާ މައްސަލައާ ގުޅޭ ލިޔުންތައް މިކޮމިޝަނުން ބެލިބެލުމުގައި ތިރީގައި މިދަންނަވާ ކަންތައްތައް ފާހަގަކުރެވިފައިވެއެވެ. އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ޙާޟިރުވި ފަރާތްތަކަށް ދެއްވި މަޢުލޫމާތު ޝީޓުގައި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 8.16 ގައިވާ ގޮތަށް މަސައްކަތް ކުރާނެ ފަރާތެއް ހޮއްވެވުމުގައި ޕޮއިންޓް ދެއްވާނެ އުޞޫލެއް ބަޔާންކުރައްވާފައިނުވާކަން. އިޢުލާނާގުޅިގެން ބިޑް ހުށަހެޅުއްވި ފަރާތްތަކުގެ ބިޑްތައް ބަލައިގަތުމުގައި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 8.17ގެ (ހ) ގައި ވާ ފަދައިން ބިޑް ހުށަހެޅި ފަރާތްތަކުގެ ސޮއި ހޯއްދަވާފައި ވީނަމަވެސް އެމާއްދާގެ (ށ) ގައި ވާގޮތަށް އަންދާސީހިސާބު ހުށަހަޅާ ފޯމް ފުރިހަމަ ކުރައްވާފައިނުވާކަން. އަންދާސީހިސާބު ބަލައިގަތް ޝީޓުގައި މުއްދަތު ބަޔާންކުރައްވާފައި ނުވާކަން. އެހެންކަމުން، މިދެންނެވުނު ކަންތައްތަކަކީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ ޚިލާފު ކަންތައްތަކަކަށް ވުމާއި އަދި ކޮރަޕްޝަނަށް މަގުފަހިވާފަދަ ކަންތައްތަކެއް ކަމަށް ބެލެވޭތީ، ކުރިއަށް އޮތްތަނުގައި މިނިސްޓްރީ އޮފް ހައުސިންގ، ޓްރާންސްޕޯޓް އެންޑް އެންވަޔަރަމަންޓްގެ ފަރާތުން ކުރައްވާ މިފަދަ މަސައްކަތްތައް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާއެއްގޮތަށް ކުރިއަށް ގެންދެވުމަށް 19 އޭޕްރިލް 2010 ގައި މިނިސްޓްރީ އޮފް ހައުސިންގ، ޓްރާންސްޕޯޓް އެންޑް އެންވަޔަރަމަންޓަށް ވާނީ އެންގިފައެވެ. މިނިސްޓްރީ އޮފް ހައުސިންގ، ޓްރާންސްޕޯޓް އެންޑް އެންވަޔަރަމަންޓުން ތ.ކިނބިދޫއަށް އޮޓޯ ސިންކްރޮނައިޒިންގ އަދި އޮޓޯ ލޯޑް ޝެއަރިންގ ޕެނަލްބޯޑެއް ހޯއްދެވުމަށް ކުރެއްވި އެމިނިސްޓްރީގެ ނަންބަރު: 138-އީސީ/އައި.ޔޫ.އެލް/2009/55 (12 ޖުލައި 2009) އިޢުލާނާގުޅޭ ލިޔުންތައް މިކޮމިޝަނުން ބެލިބެލުމުގައި، އެމަސައްކަތް ސައުތު ޔުޓިލިޓީޒް ކުންފުނިން ކުރާ ގޮތަށް ހަމަޖެއްސެވުމާ ގުޅިގެން، އެމިނިސްޓްރީން އެމަސައްކަތް ނުކުރައްވާގޮތަށް ނިންމަވާފައިވާއިރު، އެމަސައްކަތަށް ކުރެއްވި އިޢުލާނާ ގުޅިގެން ބިޑް ހުށަހެޅި ފަރާތްތަށް މިހާތަނަށް އައިއިރުވެސް އެކަން އަންގަވާފައިނުވާކަން މިކޮމިޝަނަށް ފާހަގަކުރެވިފައިވެއެވެ.
![]()

